ބާބީ ޑޯލްއެއް ގޮތަށް ފޮޓޯ ނެގުމަށްފަހު އާޝާލިޔެފައިވަނީ "އަހަރެން މީ ކުޅެން ނުލިބޭނެ ބާބީ ބުދެއް" ކަމަށް ވިސްނާ މިހެނެވެ.
މި ފޮޓޯ ޝޫޓަކީ ބައިސްކޯފުގައި ކުރިއަށް ގެންގޮސްފައިވާ ފޮޓޯޝޫޓެކެވެ. އޭނާގެ މޭކަޕްކޮށް އިސްތަށިގަނޑު ހަދާފައިވަނީ ހަސަން އާދަމްއެވެ. ސެޓް ހަދާފަފައިވަނީ ނާއިޝާ، ކްރިއޭޓިވް ސެލެޑް އަދި ހަސަން އާދަމް ގުޅިގެންނެވެ. އާޝާގެ ހެދުން ފަރުމާކުރީ ކްރިއޭޓިވް ސެލެޑުންނެވެ. ފޮޓޯ ނަގާފައިވަނީ ސުހޭލްއެވެ.
މި ފޮޓޯ ޝޫޓަކީ މިހާރު މަޝްހޫރުވަމުން އަންނަ ބާބީ ޓްރެންޑާއި ގުޅިގެން އާޝާ ނަގާފައިވާ ފޮޓޯޝޫޓެއްކަމަށް ބެލެވެއެވެ.
އާޝާގެ ގިނަ ފޭނުންތަކެއް ވަނީ މި ފޮޓޯތަކަށް ތައުރީފުކޮށް އާޝާގެ ރީތިކަމަށް ވެސް ތައުރީފުކޮށްފައެވެ.