ads
ކޭޕާކްގެ އިންވެސްޓަރު ޖިން ޝިހޫ އަދި މަންޑޭ
މަންޑޭގެ ބަންދު މުއްދަތު އިތުރުކޮށްފި
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. 

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ޖެހީ 15 ދުވަހުގެ ބަންދު މުއްދަތެކެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހު ވަނީ އިތުރު 10 ދުވަހަށް މަންޑޭ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ހުޅުމާލޭގައި 14 ބުރިއަށް އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ މޯލްޑިވްސްއާ އެކުގައި ހެދި ކޮންޓްރެކްޓް އުވާލައި ޕްރޮޖެކްޓު ވީ އެންމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮރެއާގެ ހަންބޯ ކުންފުނިން ވަނީ ބުނެފައެވެ.

މަންޑޭގެ ބަންދު މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ މިހާރު އޮތީ ހައިކޯޓުގައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް