ads
ފެމެލީ ކޯޓު
ރާއްޖޭގެ ފެމެލީ ކޯޓަށް ވާރޭވެހި ގެއްލުންވެއްޖެ
މިއަދު މާލެއަށް ކުރި ވިއްސާރައިގައި ފެމެލީ ކޯޓުގެ، ކައިވެނިކޮށްދިނުމާއި، ރަޖިސްޓްރީކުރުމާއިބެހޭ ސެކްޝަން ފުރާޅުން ފެން ފެއިބުމުގެ ސަބަބުން އެ ކޯޓުގެ ބައެއް ލިޔެކިއުންތަކާއި، މުދަލަށް ގެއްލުން ވެއްޖެއެވެ.

ފެން ފޭބުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުން އަންނަކަށް އެ ކޯޓުން މިއަދު ވަނީ ބުނެފައެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތުން ފެން ފޭބުމުގެ ސަބަބުން ކައިވެންޏާއި ގުޅުންހުރި ލިޔުންތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. 

މިއީ ވިއްސާރަ ވެހިގެން ހެންވޭރުގައި ހުންނަ ފެމެލީ ކޯޓުގެ އިމާރާތަށް ގެއްލުންވީ ފުރަތަމަ ފަހަރެއް ނޫނެނެވެ. މީގެ ކުރިންވެސް ގެއްލުންވެގެން އިމާރާތް މަރާމާތު ވެސް އެތައްފަހަރަކު ކޮށްފައިވެއެވެ.

ފެމެލީ ކޯޓަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ވެސް އެންމެ ބިޒީ އެއް ކޯޓުކަމަށް ބެލެވެއެވެ. ސަބަބަކީ ދުނިޔޭގެ ވަރީގެ ލިސްޓުގެ އެއްވަނައިގައި މި އަހަރުވެސް ދިވެހިރާއްޖެ ހިމެނިފައިވާތީއެވެ.

your imageފެމިލީ ކޯޓަށް ވާރޭވެހި ގެއްލުންވެފައި: ފޮޓޯ ސޯޝަލް މީޑިއާ

"ވޯލްޑް އޮފް ސްޓެޓިސްޓިކްސް" އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް ވަރީގެ ލިސްޓުން އެއްވަނަ ހޯދާފައިވަނީ 5.9 ގެ ދަރަޖައިންނެވެ. 

މި ތަފާސް ހިސާބު އެއްކޮށްފައިވަނީ ވަރިވާ ރޭޓު އާބާދީގެ ކޮންމެ 1،000 މީހެއްގެ މައްޗަށް ބަހާލައި އެވަރެޖް ހަދައިގެންނެވެ. 

އެއްވަނައިގައި ދިވެހިރާއްޖެ އޮތް އިރު، ދެވަނައިގައި 4.8 ޕޮއިންޓާއެކު އޮތީ ރަޝިޔާއެވެ. ތިން ވަނައިގައި އުރުގުއާއީ އޮތީ 4.4 ޕޮއިންޓާއެކުއެވެ. ބެލަރޫސް 3.4 ޕޮއިންޓުން ހަތަރު ވަނަ ހޯދިއިރު ކިއުބާ 3.2 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. 

މި ލިސްޓުގެ އެއްވަނައިގައި ދިވެހިރާއްޖެ އޮތްއިރު، އޭޝިއާގެ ވެސް އަދި އަވަށްޓެރި އެއްވެސް ގައުމެއް ވެސް ގަދަ 30 ވަނައަށްވެސް އަރާފައެއް ނުވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް