ads
ރަންބީރު އަދި އާލިއާ ބަޓް
އާލިއާ އާއި ރަންބީރު ވަނީ ވަރިވެފައި: ކަންގަނާ
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ވަނީ ވަރިވެފައިކަމަށް ކަންގަނާ ރަނައުތު ބުނެފިއެވެ.

ކަންގަނަ ބުނެފައިވަނީ އާލިއާ ބަޓްއާއި ރަންބީރަކީ "ފަރުޒީ" ޖޯޑެއް ކަމަށެވެ. މާނައަކީ އެއީ ހަގީގަތުގައި އެކުގައި އުޅޭ ދެމަފިރިން ކަމަށް ގަބޫލެއް ނުކުރެވޭ ކަމެވެ.

ޓީވީ ޕްރޮގްރާމެއްގައި އެ ދެމަފިރިންނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނީ އެ ދެމީހުންނަކީ އެމީހުންގެ ފިލްމުތަކާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ ބައެއް ކަމަށެވެ. "މިންޓްރާ" ކިޔާ އިންޑިއާގެ ބްރޭންޑަކީ އެ ދެމީހުންގެ ވިޔަފާރިއެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ކަންގަނާގެ މި ވާހަކަތަކަށް އާލިއާ ބަޓް އަދި ރަންބީރު ވަނީ ރަށްދުދީފައެވެ.

your imageކަންގަނާ ރަނައުތު

"ކަންގަނާގެ ހަމަލާތަކުގެ ބާރުގަދަކަމުން ކަންބޮޑުވެފައިވޭ. ކަންގަނާ ފެނުމުން 'ހެލޯ' ކިޔާލުން ނޫންގޮތަކަށް އަޅުގަނޑުމެން ކަންގަނާއެއް ނުދަންނަން،" އާއިލާ އަދި ރަންބީރު މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވެއެވެ.

ކަންގަނާ މި ވާހަކަތައް ދައްކަނީ ކީއްވެގެން ކަމެއް ސާފެއް ނުވި ނަމަވެސް އެކަމުގެ ސަބަބުން ބޮލީވުޑްގެ މުޖުތަމައުގައި ހަލަބޮލިކަން އުފެދިފައިވާކަން ޔަގީނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކަންގަނާ އަކީ ހަމައެކަނި ސަމާލުކަން ހޯދަން މަސައްކަތް ކުރާމީހެކެެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކަންގަނާގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއްވެސް އެބައޮތެވެ. 

މީގެ ކުރިން ވެސް ބޮލީވުޑްގެ އެހެން ދެމަފިރިންނާ މެދު ވެސް އޭނާ ވަނީ މިފަދަ ވާހަކަތަކެއް ދައްކާފައެވެ.

28%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް