ads
ފޮޓޯ ފުލުހުން
ނެތް ކަމަށް ބުނި ފޯނު ފެނުނީ ފޭރުނު މީހާގެ އަތުން
މާލޭގައި ބިދޭސީއެއްގެ އަތުން މޯބަލް ފޯނަކާއި ފައިސާތަކެއް ފޭނުނު މީހަކު އޭނާ އަތުގައި ފޭރިގަތް ފޯނު ނެތްކަމަށް ބުނި ނަމަވެސް، އޭނާގެ އަތުން ފޯނު ފެނިފައިވާކަން ތަހުގީގު ރިޕޯޓަކުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ފޭރުމުގެ މައްސަލައިގައި 31 އަހަރުގެ ފިރިހެނަކު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ދިން ބަޔާނުގައެވެ. 

އެގޮތުން އޭނާ ބިދޭސީއެއްގެ އަތުން ފޭރުނު ފޯނު އޭނާގެ އަތުން ފެނުނު ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުރިހާ އިޖުރާތުތަކެއްވެސް ފުރިހަމަކޮށްގެން ކަމަށް ކޯޓުން އެއްބަސްވެއެވެ. 

ތ. އަތޮޅު ތިމަރަފުއްޓަށް ނިސްބަތްވާ އެ މީހާގެ ބަންދުގެ މުއްދަތުޖަހަން ގެންދިއުމުން ކޯޓުން ވަނީ 10 ދުވަހު އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް