ads
ޓީޗަރުންގެ ދުވަސް 2017: ފޮޓޯ ރާއްޖެއެމްވީ
ދިރާސީ އާ އަހަރު ފަށާނީ ހުރީހާ ސްކޫލަކަށް ޓީޗަރުން ހަމަކޮށްގެން: އެޑިއުކޭޝަން
ކުރިއަށް ދިރާސީ އާއަހަރު ފާށާއިރު، ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ސްކޫލުތަކަށް ބޭނުންވާ ފޮތްހަމަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އަދި ސްކޫލު ކުދިންނަށް ބޭނުންވާ ފޮތްތައް މިހާރު ސްކޫލުތަކަށް ފޮނުވާފައިވާކަމަށެވެ. އަދި 14 ސްކޫލެއް ފިޔަވައި ދެން ހުރި ހުރިހާ ސްކޫލެއްގައި ތިބޭނީ ދުވެހި ޕްރިންސިޕަލުންކަމަށެވެ. 

"މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން އަރުވަން،" މިނިސްޓްރީން ބުންޏެވެ.


އަންނަ ދިރާސީ އަހަރު މާލެ ސަރަހައްދުގައި އައު 3 ސްކޫލެއްގައި ކިޔަވާއިދޭން ފަށާނެއެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސަލާހުއްދީން ސްކޫލާއި، ހުޅުމާލޭ އެއް ވަނަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު އިމާރާތާއި، މާލޭގައި ހުޅުވާ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތެވެ.

މިއަހަރު ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓު 6 ވަނަ ދުވަހުއެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް