ads
ހަނޑޫ
އިންޑިއާއިން ހަނޑޫ އެކްސްޕޯޓުކުރުން މަނާކޮށްފި
އިންޑިއާއިން ބާސްމަތީ ހަނޑޫ ނޫން ދެން ހުރި ހުރިހާ ބާވަތެއްގެ ހަނޑޫ އެކްސްޕޯޓުކުރުން މަނާކޮށްފިއެވެ.

ބުރާސް ފަތި ދުވަހު، އިންޑިއާ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އެގައުމުގެ އެތެރޭގައި ހަނޑުލުގެ އަގު އުފުލެމުން ދިއުމުގެ ސަބަބުންނެވެ.

އިންޑިއާގެ އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކުރެއެވެ. އިންޑިއާއިން ހަނޑޫ އެކްސްޕޯޓުކުރުން ހުއްޓާލާފައިވާއިރު، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންވެސް ހަނޑުލުގެ ތާށިކަން ބޮޑުވެ ދުނުޔޭގައި ކާބޯތަކެތީގެ އަގު ވަނީ އުފުލިފައެވެ. އިންޑިއާގެ މި ނިންމުގެ ސަބަބުން ހަނގުރާމައިގެ ސަބަބުން އަގު އުފުލިފައިވާ ކާބޯތަކެތި އަނެއްކާވެސް އިތުރަށް އަގު އުފުލުމަކީ އެކަށީގެންވާކަމެކެވެ. 

މި މައްސަލައިގައި ބަނގުލަދޭޝް އަދި ސިރީލަންކާއިން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް ހަނޑުލުގެ މާކެޓުގައި އިންޑިއާއާއި ވާދަވެރި ތައިލެންޑާއި ވިއެޓްނާމް ފަދަ ގައުމުތަކުން ބުނެފައި ވަނީ މަނާކުރުމުގެ ސަބަބުން އެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިންޑިއާއިން ހަނޑޫ އެކްސްޕޯޓުކުރުން މަނާކުރީ ކިހާ ދުވަހަކަށް ކަމެސް ނޭގެއެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ ކޮންމެ ދެހަފްތާއަކުން  މި މައްސަލަ މުރާޖައާ ކުރާނެ ކަމަށެވެ. އިންޑިއާގެ އެތެރޭގެ ހަނޑުލުގެ އަގު ދަށަށް ދާން ފަށައިފިނަމަ މި މަނާކުރުން އުވާލުމަކީ އެކަށީގެންވާ ކަމެކެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް