ads
ޕޮލިސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު
ބޮޑެތި ތަހުގީގަށް ހާއްސަ ފުލުހުންގެ އާ އިމާރާތް ހުޅުވައިފި
ބޮޑެތި ތަހުގީގުތަކަށް ހެދި ފުލުހުންގެ އާ އިމާރާާތް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

ޝަހީދު އާދަމް ހަލީމްގެ ނަމުން ނަން ދިން އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާގެ މަންމައާއި ބައްޕައާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުން ބައިވެރިވެލެއްވިއެވެ.

ހެންވޭރު ދަނޑު ކައިރީގައި މިއަދު ހުޅުވި 10 ބުރީގެ އެ އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާއިރު، އެ އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ.

އެ އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުވެފައެވެ. އޭގެއިތުރުން އިިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އެ އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި އަދި ތަހުގީގު މަސައްކަތަށް އޮތް ދައްޗެއްކަމުގައި ވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް