ads
ޖަޕާނުގެ ހާރިޖީ ވަޒީރު
ޖަޕާނުގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
ޖަޕާންގެ ހާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމަސަ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަޔާޝީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ކަމުގައެވެ. މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހަޔާޝީގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއެކުވެސް އެމަނިކުފާނު ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައިވެސް ދެގައުމުން ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު މިދަައުރުގައި ޖަޕާނަށް 4 ފަހަރަށް ވަޑައިގެންފައިވާއިރު، ޖަޕާނުގެ ފޮރިން މިނިސްޓަރަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 2018 ވަނަ އަހަރު، ޖަޕާނުގެ އޭރުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް