ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާހުކޮށްދެއްވާފައިވަނީ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ލޯން ސްކީމްގެ މަގުސަދަކީ އެ ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި ސިޓީގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން އެ ސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ވެސް ލޯން ސްކީމް ތައާރަފުކުރުމުގެ މަގުސަދެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވަނީ މި ފައިސާގެ ލޯނު ޖުމުލަ 14 ދާއިރާއަކުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ:
ފުވައްމުލައް ސިޓީ ކައުންސިލުން މައިކްރޯ ފައިނޭންސް ސްކީމެއް ތައާރަފުކުރުން - ފޮޓޯ:ފުވައްމުލައް ސިޓީ ކައުންސިލް
އަލަށް ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި މި ލޯނުގެ ދަށުން ގިނަވެގެން 50،000 ރުފިޔާ ދެވިގެންދާއިރު ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ލޯނަށް އެދި ހުށައަޅަން ޖެހޭ ފޯމާއި ލޯނާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލުގެ ވެބްސައިޓުންނާއި ސިޓީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމުގައެވެ.