ads
ދަރުމަވަންތަ ސުކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި މަސައްކަތް ކުރަނީ.-- ފޮޓޯ: އެސްޖޭ
އަރަބިއްޔާ ހިންގުމަށް، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފި
އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފިއެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރުމާ ގުޅިގެން އެ އިމާރާތުގައި ކުރިން ހުރި ނޫކުލަ، އަރަބިއްޔާ ސްކޫލުގެ ކުލަ ފެއްސަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަންނަ މަހު ފެށޭ 2023/2024 ދިރާސީ އާ އަހަރާއެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުންދާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ދިރާސީ އާ އަހަރު ފެށޭ ދުވަހު ހުޅުވާނެއެވެ.

ޗާންދަނީ މަގުގައި ހިންގަމުންދިޔަ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލިއެވެ.

މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. 

ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުގެނުމަށް އެތަން ހަމަޖައްސަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ބާޖަމާލުއްދީނުން ބިމެއް ދީފައިވާއިރު، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް