ads
ހުރާގައި ތަކުބީރުކިޔަނީ--
ތަކްބީރު ނުކިޔުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއްޖެ
"ބޮޑުދުމާ ހިނގުން" ނުވަތަ ތަކްބީރު ކިޔަމުން ހިނގުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަކަށް ނުވާތީ އާއި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރަނގަޅު ކަމަކަށް ނުވާތީ، އެކަން އެގޮތަށް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއްޖެ އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމުގައިވާ "ބޮޑުދުމާ ހިނގުން" ނުވަތަ ޖަމާއަތެއްގައި މީހުން ތަކްބީރު ކިޔަމުން ހިނގަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

"މިކަމަކީ ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ ކަމަކަށް ނުވާތިއާއި މިދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމެއްކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރި ވަމެވެ،" އެ ސާކިއުލާގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން އެދިފައި ވަނީ ހުރިހާ އެންމެން ވެސް ފަރުޟު ފަސް ނަމާދު ގާއިމްކޮށް، ދީނީ ކަންކަމަށް އިސްކަންދީ، ސިއްހީ ފަރާތްތަކުން އަންގާ ގޮތުން އަމަލު ކުރުމާއެކު، މި ބަލިން ރައްކާތެރިކަން ދެއްވުން އެދި ދުއާ ކުރުމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ކ. ހުރާގައި ބަލިތަކުން ރައްކާތެރިވުމަށް އެދި ވަނީ ތަކުބީރު ކިޔައިފަ އެވެ.

ހުރާ ކައުންސިލުގެ ނައިބް ރައީސް، ފަޔާޒު އިބްރާހީމް ވިދާޅުވީ، ވަރަށް ކުރިއްސުރެ އެރަށުގައި ތަކުބީރު ކިޔާ ކަމަށެވެ. ނަމަވެސް ދީނީ ގޮތުން މި އައި ކަންކަމަށް ފަހު އެކަން ވަރަށް ބޮޑަށް މަޑުޖެހުނުކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވީ، އަނެއްކާ ވެސް އެރަށުގައި ތަކުބީރު ކިޔާފައި ވަނީ އިސް ރަށްވެހިން އިސްނަގައިގެން ނުކުމެ ކަމަށެވެ. 

ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު މިހާތަނަށް މި ބައްޔަށް ވަނީ 13 މީހަކު ޕޮޒިޓިވްވެފަ އެވެ. އެގޮތުން މި އެންމެނަކީ ވެސް ބިދޭސީންނެވެ. 

ރާއްޖޭގައި ބަލިތައް ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ހުރިހާ ފަރުޟު ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އަންގާފަ އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ފަރުޟު ނަމާދުތަކަށް ފަހު ގުނޫތު ކިޔާ ގޮތަށް ހަމަޖައްސާފައި ވަނީ ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމުގެ ގޮތުން ކަމަށެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް