ads
58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އުރީދޫން 58 ޖީބީ އެންމެ 50 ރުފިޔާއަށް - ފޮޓޯ:އުރީދޫ
58 ވަނަ މިނިވަން ދުވަސް ފާހަގަކުރަން އުރީދޫން 58 ޖީބީ އެންމެ 50 ރުފިޔާއަށް
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް "މިނިވަން 58" ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފުކޮށްފިއެވެ.
Advertisement

މިނިވަން58 ޕެކް

މިނިވަން ދުވަހާއި ކުރިއަށް އޮތް ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އުރީދޫން ތައާރަފުކޮށްފައިވާ މިނިވަން58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ.

އެންމެ 50 ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނެފައިވަނީ #1*929* އަށް ގުޅައިގެން ނުވަތަ D50 ޖަހާފައި 5555 އަށް އެސްއެމްއެސް ކޮށްގެންވެސް ޕެކޭޖް ވަގުތުން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާ އެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަން. މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފާއެއް. މި އޮފާއަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފާއެއް ކަމަށް އުއްމީދުކުރަން،" - އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް-

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ މާދަމައިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ މެނޭޖްމަންޓް އަދި މުޅި ޓީމުން އުރީދޫގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް