މި ލަވައަކީ 1969 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ވަޓް ޖުމްކާ' ގެ ލަވައެއްގެ ރީމޭކެކެވެ. އެ ލަވައިގައި ރަންވީރު ސިންގް އާއި އާލިއާ ބަޓް ފެނިގެންދާނެއެވެ.
ލަވައިގެ ޅެން ލިޔެފައިވަނީ އަމީތާބް ބައްޗަންގެ ބައްޕަ ހަރިވަންޝް ރާއީ ބައްޗަން އެވެ. އެ ޅެމަކީ އަމީތާބުގެ މަންމަ ޓެޖީ ބައްޗަން އަށް ނިސްބަތްކޮށް އެނާގެ ބައްޕަ ލިޔެފައިވާ ލޯބީގެ ލަވައެކެވެ.
"ޖުމްކާ ގިރާ ރޭ" ގެ ރީމޭކަކީ ބައްޗަން އާއިލާގެ ލޯބީގެ ވާހަކައަށް "ފިޓިން ޓްރިބިއުޓެއް" ކަމަށްކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
އަލުން ހެދި ލަވައިގެ މިއުޒިކް ވީޑިއޯ ރިލީޒްކޮށްފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ. ލަވައިގެ ކެޗީ ރާގާއި ހިތްގައިމު ލިރިކްސް އަށް ގިނަބައެއް ތައުރީފު ވަނީ ލިބިފައެވެ.