ads
އެމްއެންޑީއެފް ޕެރޭޑެއް ތެރެއިން
ހެވިކަމުގެ ކުޅިވަރުތަކަށް މިރޭ މަގުތައް ބަންދުކުރަނީ
ފަންސާސް އަށް ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށް މިއަދު މާލޭގެ ބައެއް މަގުތައް ބަންދުކޮށް، މާދަމާ މާލޭގެ ފަޅު ތެރެ ޖެޓީގެ ބައެއް ހިސާބުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ބުނީ މިނިވަން ދުވަހާ ގުޅިގެން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ބައެއް ސަރަހައްދުތައް މިއަދު އިރުއޮއްސި 18:45 އިން ފެށިގެން ކުޅިވަރު ހަރަކާތްތައް ނިމެންދެން އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

your imageމިރޭ ބަންދު ކުރާ ސަރަހައްދު/ފޮޓޯ: ޕޮލިސް

މިގޮތުން މަޖީދީ މަގު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދު ކުރާއިރު، ބަނަފްސާ މަގާއި، ޝަބްނަމް މަގުގެ ބަޔަކާއި، މުތީ ގޯޅީގެ އިތުުރުން، ނިރޮޅު މަގު ބައެއް ބަންދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މާދަމާ 14:00 އިން 15:00 އަށް މާލެ ފަޅުތެރެ ޖެޓީ ނަންބަރު 3، 2، 1 އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށްވެސް ފުލުހުން ބުންޏޭވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް