ads
އަބްދުﷲ ޝާހިދު އަދި ރައީސް ސާލިހު: ފޮޓޯ ޕީއެސްއެމް
ރައީސްގެ "ކޮވިޑް ފޯމިއުލާ" މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ކޮވިޑު މެނޭޖް ކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރެއްވި ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވި އިގްތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން ފޮރިން މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ "ފޯމިއުލާ" ގެ މައްސަލަ ފެންމަތިވެފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހު ފޮރިން މިސްޓަރު އަބްދުﷲ ޝާހުދު ރައީސް ސާލިހުގެ ޕްރައިމަރީ ކެންޕޭނު ޖަލްސާއެއްގައި ދެއްކެވި ވާހަކަ ފުޅަކާ ގުޅިގެންނެވެ. އެ ވާހަކަފުޅުގައި އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ "ރައީސް ސާލިހުގެ ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ،" ކަމަށެވެ. އެ ފޯމިއުލާއަކީ ދިވެހިރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ކުރުމުގައި ރައީސް ޞާލިހު ބޭނުންކުރެއްވި ފޯމިއުލާއެއް ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއެވެ.

ޝާހިދު ވިދާޅުވާ ގައުމުތަކަކީ ކޮބައިކަމާ އެ ގައުމުތަކުގެ ވެރިންގެ ނަން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޫހަކުން ފޮރިން މިނިސްޓްރީގައި އެދުމުން، މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު އެ މިނިސްޓްރީން އެންމެ ފުރަތަމަ ދެކޮޅުހެދިއެވެ. މިނިސްޓްރީން އޭރު ބުނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ލިބޭ ލިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއޭނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ލިޔުންތަކެއްކަމަށެވެ.

އެ މައުލޫމާތު ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު، ފޮރިން މިނިސްޓްރީއަށް އެންގުމުން، އެ މިނިސްޓްރީން އެ މައުލޫމާތު ދޫކުރުމުގެ ބަދަލުގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ފޮރިން މިނިސްޓްރީން ހައިކޯޓަށް ހުށަހެޅިނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަނެއެވެ. ހައިކޯޓުން އެ މައްސަލައިގައި ބުނެފައިނީ، އެ މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެވެން ނެތް ސަބަބުތައް ހައިކޯޓުންވަނީ ތަފްސީލުކޮށް ލިޔުމުން ފޮރިން މިނިސްޓްރީއަށް އަންގާފައި ކަމަށް ހައިކޯޓުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް