ads
ހޫނު ރާޅު
މި ޖުލައި މަހަކީ 120،000 އަހަރު ފަހުން އައި އެންމެ ހޫނު މަސް
މި ހިނގާ ޖުލައި މަހަކީ ފާއިތުވީ 120،000 އަހަރު ފަހުން ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު މަސް ކަމަށް ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީއެސްސީ) އިން ހާމަކޮށްފިއެވެ.

 ޖުލައި މަހުގެ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 20 ވަނަ ގަރުނުގެ އެވްރެޖަށް ވުރެ 1.62 ޑިގްރީ ސެލްސިއަސް (2.87 ޑިގްރީ ފަރެންހައިޓް) އަށް ވުރެ މަތިވެފައިވާއިރު، މިއީ 1880 ވަނަ އަހަރު ދުނިޔޭގެ ފިނިހޫނިމިން ރެކޯޑު ކުރަން ފެށުނު ފަހުން އެންމެ ހޫނު މަސްކަމަށް ސައިންސުވެރިން ބުނެއެވެ. 

ޖުލައި މަހު ޔޫރަޕަށް އައި ހޫނު ރާޅު ވަކިން ބޮޑަށް ގަދަވެ، ގިނަ ގައުމުތަކެއްގެ ފިނިހޫނުމިން ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. އިނގިރޭސިވިލާތުގައި ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ދުވަސް ޖުލައި 19 ވަނަ ދުވަހު ފެނިފައިވާއިރު، ކެމްބްރިޖްގެ ފިނިހޫނުމިން ވަނީ 38.7 ޑިގްރީ ސެލްސިއަސް (101.7 ޑިގްރީ ފަރެންހައިޓް) އަށް އަރާފައެވެ.

އިންތިހާއަށް ހޫނުވަމުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ގްރީންހައުސް ގޭސްތަކުގެ ސަބަބުން ޖައްވުގައި ހޫނު ތާށިވެ، މި ޕްލެނެޓް ހޫނުވެއެވެ. މި ޕްލެނެޓް ހޫނުވަމުންދާ ވަރަކަށް ހޫނު ރާޅުތައް ދަނީ ގިނަވެ، ގަދަވަމުންނެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް