ads
އިސްލާމީ މަރުކަޒުގައި ބަޔަކު ހުކުރު ކުރަނީ
އަރާރުންވާ ބަޔަކު ނަސްރަށް ވާސިލެއް ނުވާނެ: ހުކުރު ހުތުބާ
މުޖަތަމައުގެ އަފްރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ އަރާރުންވާ ބަޔަކު ކަމުގައި ވަނީނަމަ ނަސްރާއި ކާމިޔާބީއަށް ވާސިލްވުމަކީ އެ މުޖްތަމައަށް އެކަށީގެންވާ ކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
Advertisement

މިއަދު މުޅި ރާއްޖެއަށް އިއްވި ހުކުރު ހުތުބާގަ ބުނެފައިވަނީ މުޖްތަމައެއް ބިނާކުރުމުގައި އުހުއްވަތްތެރި ކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަހްވަންތަކަން ގާއިމްކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އާޅާ ކަމަށާއި އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށާއި އިސްލާމްދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބަ އާއި މަންފާ އޮތީ އެމީހަކަށް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"އެއްބަނޑު އެއްބަފާ އަހުންނަކީ އެކަކު އަނެކަކަށް ނުހަނު ހެޔޮ އެދޭ މީހުން. އެމީހުން އެކަކު އަނެކެއްގެ އައިބުތައް ހާމައެއް ނުކުރާނެ. މުސްލިމެއްގެ ކިބައިގައިވާ އުނި ކަންތައްތައް ފޮރުވުމާ ބެހޭގޮތުން ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވޭ. މުސްލިމެއްގެ އުނިކަން ފޮރުވައިފި މީހަކަށް މާތް ﷲ އެމީހެއްގެ އުނިކަން ދުނިޔެއާއި އާހިރަތުގައި ވަންހަނާކޮށް ދެއްވާނެ،" ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމްދީނުގެ ތާރީހަށް ބެލިކަމުގައި ވީނަމަވެސް އެކަން ވަރަށް ރީތިކޮށް ހާމަވާން ހުރިކަމަށާއި އިސްލާމީ އުންމަތުގެ ކުރީކޮޅު، މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުން އައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއަށްފަހު އިސްލާމީ އުންމަތް ރޫޅި، ބައިބައިވެގެން ދިޔައީ އުހްވަތްތެރިކަމާއި އެއްބައިވަންތަކަން މުސްލިމުންގެ މެދުގައި ފިލައި ދިޔުމުން ކަމަށް ބުނެފައިވެއެވެ. 

ހުތުބާގައި ބުނެފއިވަނީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާކަމަށެވެ. އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އިސްލާމް ދީނުގައި ވަނީ މަނާ މަނާކުރައްވާކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް