ads
ދެ ކޮމަންޑޫގެ މަޝްރޫ އިއުލާނު ކުރުން: ފޮޓޯ ފައިނޭންޝަލް ޓައިމްސް
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް، އެމްޓީސީސީ އިން ފަށައިފި
ށ. ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން ޗާޓަރުކޮށްގެން ގެނައި ބެލްޖިއަމްގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރުނެލޭޝީ" އިން ކަމަށެވެ. މަތިކޮމަންޑޫ ހިއްކުމަށް މި ޑްރެޖަރު މޮބިލައިސްކުރެވިފައި ވަނީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހުގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އޭގެ އިތުރުން 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 249.90 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

ކޮމަންޑޫ އާއި މަތިކޮމަންޑޫގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވީ އަންނަ އޮގަސްޓް މަސް ނިމޭއިރަށް މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

މަތިކޮމަންޑޫ ހިއްކައި ކޮމަންޑޫ އާ ގުޅާލުމުގެ މަސައްކަތަކީ ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ދެ ކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް އޮގަސްޓް މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް