އެންމެ ފަހުން އަނިޔާވެފައި ވަނީ ޖަރުމަނުގެ ޑިފެންޑަރު ފެލިސިޓަސް ރައުޗްއަށެވެ. އޭނާއަށް އަނިޔާވީ ޓީމުގެ ފަރިތަކުރުންތަކުގައެވެ. މިކަމާއި ގުޅިގެން ޓީމުގެ ކޯޗު ބުނީ މާޓީނާ ވޯސް ބުނީ ރައުޗްގެ ކަކުލަށް އަނިޔާވެ މުބާރާތާއި ދުރަށް ދާން ޖެހުނު ނަމަވެސް ޓީމުގައި ރަނގަޅު ބަދަލު ކުޅުންތެރިން ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މުބާރާތުގައި ޖަރުމަނު ދެން ވާދަކުރަން ޖެހޭނީ ކޮލަމްބިއާއާއެވެ. މި މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ.
ރައުޗްގެ އިތުރުން ޖަރުމަނުގެ ޖިއުލީ ގްވިން އާއި ކެރޮލިން ސައިމަންވެސް ވަނީ އަނިޔާގެ ސަބަބުން މުބާރާތް ގެއްލިފައެވެ. ގްވިންއަކީ 2022 ވަނަ އަހަރުގެ ޔޫރޯގައި ޖަރުމަނު ޓީމަށް މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. އެފަހަރުގެ މުބާރާތް ޖަރުމަނުން ނިންމާލީ ދެވަނާގައެވެ. ފައިނަލް މެޗުގައި އިންގްލެންޑު އަތުން ބަލިވީއެވެ.
މިފަހަރުގެ މުބާރާތުގައި ޖަރުމަނުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ 6-0 ން މޮރޯކޯ ބަލިކޮށްފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ބޮޑުކޮށް ޓީމެއް މޮޅުވި ނަތީޖާއެވެ. ޖަރުމަނާއި މާދަމާ ވާދަކުރާ ކޮލަމްބިއާ ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އާއި ވާދަކޮށް ކުރިހޯދީ 2-0 ންނެވެ.