ފުވާދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާމީހަކުނަމަ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ވެސް ދަތުރުފަތުރު ކުރަން ޖެހޭ ކަމަށެވެ. އަދި އެކި މީހުންނާއި ބައްދަލު ކުރަން ޖެހޭ ކަމަށާއި، އެއްވުންތައް ބޭއްވުމާއި، އޭގެ އިތުރުން ވަރަށްގިނަ ކަންތައްތައް އެމީހަކު ކުރަން ޖެހޭ ކަމަށެވެ.
ފުވާދު މިހެން ވިދާޅުވެފައިވަނީ، ސިއެންއެމްޓީވީގެ "ރިޔާސީ ރޭސް 2023" ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ފުވާދާއި، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވާދު ވިދާޅުވީ، ރިޔާސީ ކެންޑިޓޭޓްގެ އަތުން ފީއެއް ނެގުމާއި ގުޅޭގޮތުން މާބޮޑު މައުލޫމާތު އެބޭފުޅާ އަށް ނޭނގޭ ކަމަށާއި، އެބޭފުޅާ އިލެކްޝަނާއި ގުޅުނުއިރު އެއީ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްލައްކަ ރުފިޔާގެ ފީއެއް ނެގުން އޮތް ކަމަށާއި، ނަމަވެސް 2013 ގައި އެއަދަދު ނޯންނަ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
މިހާރު އޮތް ގޮތުން އެއްލައްކަ ރުފިޔާގެ ފީއެއް ކޮންމެ ކެންޑިޑޭޓަކުވެސް ދައްކަވަން ޖެހޭ ކަމަށާއި، ނަމަވެސް އެއީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކޮން ބޭނުމެއްގައި ކުރައްވާފައިވާ ކަމެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ.
އޭރު ގަބޫލު ކުރެއްވިފައިވަނީ އެ މަގާމަށް ކުރިމަތި ލެއްވޭނީ އެވަރުގެ ފީއެއް ދެއްކޭނެ މީޙަކަށް ކަމަށް ގަބޫލު ކުރެއްވިފައިވާތި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފުވާދު ވަނީ 2008 އިން 2009 އަކަށް އީސީގެ މެންބަރެއްގެ މަގާމު އަދާކުރައްވައި 2014 ގެ ނިޔަލަށް އެ ކޮމިޝަނުގެ ރައީސްކަން ކުރައްވައިފައެވެ.
އެއަށްފަހު އިލެކްޝަން ކޮމިޝަނުގެ ރައީސް ކަން ކުރެއްވީ އަހުމަދު ޝަރީފް (އީސީ ޝަރީފް)އެވެ. އޭގެފަހުން ފުވާދު ތައުފީގު އިލެކްޝަން ކޮމިޝަނާއި ހަވާލުވީ 2019 ވަނަ އަހަރުގައެވެ.