ads
ހަވާ
މިރޭ 8 މިނެޓަށް ހަވާ އަރުވާނެ: އެމްއެންޑީއެފް
މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި 8 މިނެޓެއްހާއިރު ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ހަވާއަރުވާނީ މިރޭ 21:30 ގައި ކަމަށެވެ. މިއީ 58 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ކުރާކަމެކެވެ. 

ރޭ ވެސް ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން އިއުލާނު ކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. އެއީ ބޭރަށްހިންގުމާ އެކު ހޮޑުލެވޭ ރޯގާއެއް ފެތުރެމުން އަންނާތީއެވެ. 

މިރޭ 'މިނުވަން އުފާ' ކާނުވާވެސް އަލުން ހުޅުވުމަށް ވަނީ ނިންމާފައެވެ. އެ ކާނިވެސް އިއްޔެ ހުޅުވަން އޮއްވައި ލަސްކުރީ ރޯގާ ފެތުރޭތީ އެޗްޕީއޭއިން ދިން އިރުޝާދުގެ ދަށުންނެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ މީހުން ގިނައިން އެއްވާ ތަންތަނުގައި ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް