ads
ފްރާންސް މޮޅުވީ 2-1 ގެ ނަތީޖާއަކުން
ބްރެޒިލް ކައިރިން ފްރާންސް މުހިންމު މޮޅެއް ހޯދައިފި
މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް އާއި ބައްދަލުކުރި މެޗުން ފްރާންސް މޮޅުވެއްޖެއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމަށް މި މެޗު ކާމިޔާބުކުރުން ފްރާންސަށް އޮތީ ވަރަށް މުހިންމު ވެފައެވެ. އެއީ ފުރަތަމަ މެޗުން އެއްވަރުވެފައިވުމުންނެވެ. އެހެންކަމުން މި މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފަހު ކަށިގަނޑާއި ހަމައަށް އެޓީމުން ކުޅުނީ މޮޅެއް ހޯދުމަށެވެ. ފްރާންސް މޮޅުވީ 2-1 ންނެވެ. 

ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ ޔޫޖެނީ ލެ ސޯމާއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ބްރެޒިލްގެ ޑެބީނާ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފްރާންސް މޮޅުވި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ވެންޑީ ރެނާޑްއެވެ. 

ގްރޫޕް އެފްގައި ދެން ވާދަކުރާ ޖެމެއިކާ އާއި ޕެނަމާ މިރޭ ވާދަކުރި މެޗު ކާމިޔާބުކުރީ ޖެމެއިކާއިންނެވެ. ޖެމެއިކާ މޮޅުވީ 1-0 ންނެވެ. މި މެޗުން ބަލިވުމާއެކު ޕެނަމާ ވަނީ ބާކީ އެއް މެޗު އޮއްވާ މުބާރާތުން ކަޓާފައެވެ. 

މި މޮޅާއެކު ގްރޫޕް އެފްގެ އެއްވަނާގައި ފްރާންސް އޮތީ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ދެވަނާގައި އޮތީ ޖެމެއިކާއެވެ. ފްރާންސް އަތުން ބަލިވި ބްރެޒިލް ތިން ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނާގައެވެ. ޕެނަމާ މުބާރާތުން ކެޓީ ތާވަލުގެ ފުލުގައި، ޕޮއިންޓެއް ނުލިބިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް