ads
ސްވިޑެން މޮޅުވީ 5-0 ން
ފަސޭހަ މޮޅާކާއެކު ސްވިޑެން ދެވަނަ ބުރަށް
އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާ، ސްވިޑެންއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ގްރޫޕް ޖީގައި ސްވިޑެންއިން އިޓަލީގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ސްވިޑެންއިން ތިން ލަނޑު ޖެހިއެވެ. ބާކީ ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ދާދި ފަހުން އާސެނަލްއާއި ގުޅުނު ސްވިޑެންގެ އިލެސްޓެޑް ވަނީ މި މެޗުގައި ދެލަނޑު ޖަހާފައެވެ. 

ސްވިޑެން ވަނީ އެންމެ ފަހުން އޮތް 2019 ވަނަ އަހަރު ބެއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މިފަހަރުގެ މުބާރާތުގެ ގަދަ 16 އިން އެޓީމު ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު ނުކުޅެ އޮއްވައެވެ. 

ދެމެޗުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއެކު ސްވިޑެން އޮތީ ގްރޫޕް ޖީގެ އެއްވަނާގައެވެ. ދެވަނާގައި އޮތް އިޓަލީއަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނާގައި އޮތީ އޮތީ ސައުތު އެފްރިކާއެވެ. ތާވަލުގެ ފުލުގައި އޮތް އާޖެންޓިނާއަށްވެސް ލިބެނީ އެއް ޕޮއިންޓެވެ. ސައުތު އެފްރިކާ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް