މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދާއި މިނިސްޓަރު ހަޔާޝީ ރާއްޖެ އާއި ޖަޕާނުގެ ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަޝްވަރާތައް ބާއްވާނެއެވެ. މިނިސްޓަރު ހަޔާޝީ ވެސް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި ވެސް ބައްދަލު ކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ފަޔާބޯޓެއް އަދި އައިސީޓީ އިކުއިޕްމަންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
މީގެ އިތުރުން ޕާސްޕޯޓާއި ވީސާގެ މައްސަލަތާއި، އިސްސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ލިޔެކިޔުންތައް ބަދަލުކުރަން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުންޏެވެ.
މިނިސްޓަރު ހަޔާޝީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލްއެވެ.