ads
ކުޅުދުއްފުށި އެއާޕޯޓު އުދައިން ރައްކާތެރިކުރުމަށް ރިވެޓްމަންޓު ޖެހުން: މިއީ މިފަހުން ޖެހި އެންމެ ބޮޑު ރިވެޓްމަންޓު - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ޖެހި ބޮޑު ރިވެޓްމަންޓުން ކުޅުދުއްފުށި އެއާޕޯޓު އުދައިން ރައްކާތެރިކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިފަހުން ޖެހި އެންމެ ބޮޑު ރިވެޓްމަންޓާ އެކު ކުޅުދުއްފުށި އެއާޕޯޓު އުދައިން ރައްކާތެރިކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ އެއާޕޯޓުގައި ކުރިން ރިވެޓްމަންޓު ޖަހާފައިވަނީ އެހާ ރަނގަޅަށް ނޫންކަމުން ވަރަށް ބޮޑަށް އުދައަރައި އެއާޕޯޓަށް ގެެއްލުންވި ކަމަށެވެ. އޭރު ރޭގަނޑަށް ފްލައިޓް ޖެއްސުމަށް ރަންވޭ ދިއްލުމުގެ މަސައްކަތް ނުކުރެވުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވެފައިވަނީ އެ ރިވެޓްމަންޓު އެއްކޮށް ނަގައި، އަލުން ޖެހި ރިވެޓްމަންޓާ އެކު އެ މައްސަލަ ދިމާނުވާ ކަމަށެވެ. މިފަހުން އެރި އުދައިގައި ރިވެޓްމަންޓަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ އެއާޕޯޓުގައި ޖަހާފައިވާ ރިވެޓްމަންޓަކީ ރާއްޖޭގެ ތަނެެއްގައި އެ ކުންފުނިން ޖަހާފައިވާ އެންމެ ބޮޑު ރިވެޓްމަންޓު ކަމަށެވެ.

އެމްޓީސީސީން ޑިޒައިންކޮށް ޖެހި އެ ރިވެޓްމަންޓާ ގުޅޭގޮތުން އާޒިމް ވިދާޅުވެފައިވަނީ ރިވެޓްމަންޓުގެ އުސްމިނުގައި ތިން މީޓަރު ހުންނާނެ ކަމަށެވެ. އަދި 880 މީޓަރަށްވުރެ ދިގުކޮށް ރިވެޓްމަންޓު ޖަހާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ރިވެޓްމަންޓާ އެކު އެއާޕޯޓަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިފައިވާ ކަމަށެވެ.

your imageކުޅުދުއްފުށި އެއާޕޯޓު އުދައިން ރައްކާތެރިކުރުމަށް ރިވެޓްމަންޓު ޖެހުން - ފޮޓޯ:އެމްޓީސީސީ

އާޒިމް ވިދާޅުވި ގޮތުގަައި ކުޅުދުއްފުށި އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް މިހާރު ލައިޓް ސިސްޓަމް ހަރުކުރެވިފައިވާ ކަމުގައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ރަށުގެ ކުޅި ހިމެނޭހެން 15 ހެކްޓަރުގެ ބިން ހިއްކިއިރު، ހަ ހެކްޓަރުގެ ބިން ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިންނެވެ.

އެއާޕޯޓު ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން ކުރިން ޖަހާފައިވާ 1.6 މީޓަރުގެ އުސް، 590 މީޓަރުގެ ދިގު ބޮޑުހިލައިގެ ތޮއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް