ads
ދޯންޏެއްގައި އަލިފާން ހިފާފައި: ފައިލް ފޮޓޯ
ތިން ޒުވާނުން ފިހުން: ދޯނީގައި ރޯވީ ކީއްވެބާ؟
ހުކުރު ދުވަހު ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ ރ. ދުވާފަރު ދޯންޏެއްގައި ރޯވެ ތިން ޒުވާން ފިރިހެން ކުދިން ފިހުމެވެ.

އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރު ފުރި 30 އަހަރުނުވާ ޒުވާން ތިން ފިރިހެން ކުދިންނަށެވެ.  ތިން ކުދިންގެ 20 ޕަސަންޓު ވަނީ އެއްކޮށް އަނދާފައެވެ. 

އެމީހުންނަށް ފަރުވާ އެންމެ ފުރަތަަަމަ ދިނީ ދުވާފަރު ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް ވަނީ އެއަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

ދޯނީގައި ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދޯނީގައި ރޯވި އަލިފާންގަނޑު ވެސް ނިއްވާލާފައެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތިން ޒުވާނަކު މިހާ ބޮޑަށް ފިހެން މެދުވެރިވި ސަބަބަކީ ކޮބައިބާ؟ ވައެވެ. 

"އެމީހުން ދޯނި ސާފުކުރަން ގެންގުނު ކެމިކަލްތަކެއްގެ ސަބަބުން ރޯވީ،" އެ ރަށު ކައުންސިލް މެމްބަރު މުހައްމަދު ޝާމް ވިދާޅުވެފައިވެއެވެ. 

އެންމެ ފުރަތަމަ ހަބަރު ފެތުރުނީވެސް 'ކެމިކަލްތަކަކާ ކުޅެނިކޮށް އަލިފާން ހިފީ' ކަމަށެވެ. 

your imageކޯސްޓުގާ-ފޮޓޯ:އެމްއެންޑީއެފް

ސާފުކުރާ ގެންގުޅޭ ކެމިކަލްގައި އަލިފާން ހިފަނީ ކީއްވެ؟ 

ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް ގޯސްކޮށް ބޭނުންކޮށްފިނަމަ އަލިފާން ރޯވެދާނެ އެވެ. ސާފުކުރުމަށް ބޭނުންކުރާ ބައެއް ކެމިކަލްތަކަކީ އޮކްސިޑައިޒާ ތަކެއް ކަމުން ވެސް އަލިފާން ރޯވުމުގެ ފުރުސަތުބޮޑެވެ. އޮކްސިޑައިޒާ އަކީ އެހެން މާއްދާތައް އަނދާ ގޮތައް ތައްޔާރުކޮށްފައިވާ މާއްދާތަކެވެ. އަލިފާން ރޯވާ ނުވަތަ އޮކްސިޑައިޒިން ސާފުކުރާ ކެމިކަލްތައް އެއްކޮށް އެއްކޮށްލައިފިނަމަ އަލިފާނުގެ ނުރައްކާ އުފެދިދާނެ ކަމަށް މާހުރުން ބުނެއެވެ.  

އަލިފާން ރޯވެދާނެ ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތަކުގެ ބައެއް މިސާލުތައް ތިރީގައި މިވަނީއެވެ.

  • އެސިޓޯން 
  • އަމޯނިއާ 
  • ބްލީޗް
  • އީތަނަލް 
  • މެތައިލް އަލްކޮހޯލް
  • ޕައިން އޮއިލް 
  • ޓާޕެންޓައިން 

ސާފުކުރުމުގެ ކެމިކަލްތަކުގައި ލިޔެފައިވާ ލޭބަލްތައް ރަނގަޅަށް ކިޔައި، އިރުޝާދުތަކަށް ތަބާވުން މުހިންމެވެ. އަދި ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް އެއްކޮށް އެއްކުރުމަކީ ރައްކާތެރި ކަމެއްކަން ޔަގީން ނުވާހާ ހިނދަކު ދުރުހެލިވާން ޖެހެއެވެ.

ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ބައެއް އިރުޝާދުތައް:

  1. އަބަދުވެސް ލޭބަލް ކިޔައި އިރުޝާދުތަކަށް ތަބާވާށެވެ.
  2. ރައްކާތެރި ކަމެއްކަން ޔަގީން ނުވާހާ ހިނދަކު ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް އެއްކޮށް ނުހަދާށެވެ.
  3. ސާފުކުރާ ކެމިކަލްތައް ހޫނާއި އަލިފާންގަނޑުން ދުރުގައި ބަހައްޓާށެވެ.
  4. ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް ހިކި އަދި ފިނި ތަނެއްގައި ރައްކާކުރާށެވެ. 
  5. ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް ރަނގަޅަށް ނައްތާލާށެވެ.
33%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް