ads
އުރީދޫ 5ޖީ ހިދުމަތް މިހާރު ރާއްޖޭގެ 80 ޕަސެންޓަށް
އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކަށް ފުޅާކޮށް، 80 ޕަސެންޓް ރަށްތަކަށް މި ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

އުރީދޫ އިން ބުނީ މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށްވެފައިވާ ކަމަށެވެ. އަދި ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.

މިއާއެކު އުރީދޫގެ 5ޖީ ރާއްޖޭގެ މީހުން އުޅޭ 79 ރަށަށް އަދި 8 ރިސޯޓަށް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ބެހެއްޓިފައިވާ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސް ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށެވެ. 

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އުރީދޫގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުން ކަމަށާއި އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް