ads
ކަނޑުމަތީގެ ބިރުވެރިކަން ދައްކުވައިދޭ ފޮޓޮއެއް
ބީބީސީގެ ހާއްސަ ޑޮކިއުމަންޓަރީ ފަށަނީ ރާއްޖެއަށް އޮތް ނުރައްކާ ކިޔައިދެމުން
ބީބީސިގެ ހާއްސަ ޑޮކިއުމަންޓްރީ ސީރީޒްއެއްގެ ގެ ފުރަތަމަ އެޕިސޯޑު ރާއްޖެއަށް ހާއްސަކޮށްފިއެވެ.

ބީބީސީ ވަން އިން ގެނެސްދޭ 'ޗޭންޖިން ޕްލެނެޓް' ގެ ފުރަތަމަ ސީރީޒްގައި ރާއްްޖެއާއި ގުޅޭ ހާއްސަ އެޕިސޯޑެއް އަންނަނެއެވެ. އެ ޑޮކިއުމަންޓަރީ ސީރީޒްތަކުގައި ދިވެހިރާއްޖޭގެ ވާހަކަ ހިމަނަން ނިންމީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބައެއް އިކޯސިސްޓަމްތައް ހިމެނޭ ގައުމަކަށް ވެފައި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާލެއް ބޮޑުކަމުންކަމަށް ބީބީސީން ވަނީ ބުނެފައެވެ. 

"އިންޑިއާ ކަނޑުގެ ސިލްސިލާ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމުގެ ގިނަ ޖަޒީރާތަކަކީ ކަނޑުގެ ލޮނުގަނޑުން މަދު ފޫޓެއް މަތީގައި އޮންނަ ޖަޒީރާއެއް. ކަނޑުތައް އުފުލިގެންދާނަމަ ކުރިއަށް އޮތް ގަރުނުގެ ތެރޭގައި ރާއްޖެ ކަނޑުއަޑީގައި އޮވެދާނެ،" ބީބީސީގެ ޑޮކިއުމަންޓަރީގައި ބުނެފައިވެއެއެވެ.

މޯލްޑިވްސްއާ ބެހޭ ޗޭންޖިން ޕްލެނެޓް އެޕިސޯޑުގައި ރާއްޖޭގެ ޚާއްސަ އިކޯސިސްޓަމް އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. 

އަދި މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ގައުމުގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ސަރުކާރާއި ރައްޔިތުން ކުރަމުން އަންނަ މަސައްކަތްތައް ވެސް މި އެޕިސޯޑުގައި ބަލާލާނެއެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް