ads
ކައިވެނި
ރާއްޖޭގައި "ވަރި" ގިނަވެ ކޮންމެ މަހަކަށް 100 ވަރި
މި އަހަރުގެ ފުރަތަމަ ހަމަސް ތެރޭގައި 627 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މި އަހަރު މިހާތަނަށް އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ ޖޫން މަހުއެވެ. އެއީ 254 ކައިވެންޏެވެ. ޖޫން މަހުގައި 79 ވަރިކޮށްފައިވެއެވެ.

އޭޕްރީލް މަހަކީ މި އަހަރުގެ މިހާތަނަށް ކައިވެންޏާއި ވަރި އެންމެ މަދު މަހެވެ. އެ މަހުގައި ކޮށްފައިވަނީ 76 ވަރިއާއި 114 ކައިވެންޏެވެ. 

ވަރީގެ މައްސަލަތަކުގެ ތެރެއިން އޭޕްރީލް މަހުގައި އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެއީ 38 މައްސަލައެވެ.

ރާއްޖޭގައި ވަރީގެ މައްސަލަ ގިނަވެ ދުނިޔޭގެ ވަރީގެ ލިސްޓުގެ އެއްވަނައަށް މި އަހަރުވެސް ދިވެހިރާއްޖެ ވަނީ އަރާފައެވެ.

މި ތަފާސް ހިސާބު އެއްކޮށްފައިވަނީ ވަރިވާ ރޭޓު އާބާދީގެ ކޮންމެ 1،000 މީހެއްގެ މައްޗަށް ބަހާލައި އެވަރެޖް ހަދައިގެންނެވެ.

އެއް ވަނައިގައި ދިވެހިރާއްޖެ އޮތް އިރު، ދެ ވަނައިގައި 4.8 ޕޮއިންޓާއެކު އޮތީ ރަޝިޔާއެވެ. ތިން ވަނައިގައި އުރުގުއާއީ އޮތީ 4.4 ޕޮއިންޓާއެކުއެވެ. ބެލަރޫސް 3.4 ޕޮއިންޓުން ހަތަރު ވަނަ ހޯދިއިރު ކިއުބާ 3.2 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. 

މި ލިސްޓުގެ އެއްވަނައިގައި ދިވެހިރާއްޖެ އޮތްއިރު، އޭޝިއާގެ ވެސް އަދި އަވަށްޓެރި އެއްވެސް ގައުމެއް ވެސް ގަދަ 30 ވަނައަށްވެސް އަރާފައެއް ނުވެއެވެ. 

މި އަހަރު ޖެނުއަރީގައި 195 ކައިވެނި ކޮށްފައިވާއިރު އެ މަހުގެ ތެރޭގައި 127 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

 އަދި ފެބްރުއަރީގައި 178 ކައިވެނިކޮށްފައިވާއިރު 98 ވަރިކޮށްފައިވެ އެވެ. މާޗުގައި 245 ކައިވެންޏާއި 115 ވަރިކޮށްފައިވެ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް