ads
ޖަޕާނުގެ ސަރުކާރާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ
ވިސާގެ ލުއިތަކާއި އެކު ޖަޕާނުން އިތުރު ސްކޮލަޝިޕްތަކެއް
ވިސާގެ ލުއިތަކާއި އެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރި އެއްބަސްވުންތަކަށް ފަހު، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ގުޅިގެން މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަޔާނެއް ދެއްވިއެވެ.

މިއަދު ސޮއިކުރި އެއް އެއްބަސްވުމަކީ ރާއްޖެ އާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެ ގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ގުޅޭ އެއްބަސްވުމެކެވެ.

ދެ ވަނަ އެއްބަސްވުމަކީ، ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ޖަޕާނުގެ އެހީގައި ހިންގާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތުތައް މި އަހަރު ދިނުމެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ޖަޕާނުގައި 10 ދިވެހި ދަރިވަރުން ކިޔަވަ އެވެ. އަދި މި އަހަރު އިތުރު ހަ ދަރިވަރަކަށް އެ ފުރުސަތު ދޭނެއެވެ.

އިތުރަށް ދޭ ސްކޮލަޝިޕްތަކަށް ޖަޕާނު ސަރުކާރުން 122 މިލިއަން ޔެން (13 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި، މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ޖަޕާނުގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ޖަޕާނަކީ ރާއްޖޭގެ ޒަމާންވީ ގާތް ރަހަމަތްތެރިއެއް ކަން ފާހަގަކުރައްވައި، ރާއްޖޭގެ އިިޖުތިމާއީ، އިގުތިސާދީ އަދި އުމްރާނީ ތަރައްގީ އަށް، މިދިޔަ 50 އަހަރުގެ ތެރޭގައި އެ ގައުމުން ވެދީފައިވާ އެހީތަކަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް