ads
ނޫސްވެރިކަމުގެ އިނާމުގެ ތެރެއިން
ނޫސްވެރިކަމުގެ އިނާމަށް 63 ހުށަހެޅުން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 63 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލެވުނެވެ. 

އެއީ ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗަރ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމެވެ.

"ގްރެފިކްސް އާއި އިލެސްޓްރޭޝަންސް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވެސް މިއަހަރު ވަނީ ހުށަހެޅުންތައް ލިބިފައި،" -މީޑިއާ ކައުންސިލް-

މޯލްޑިވިސް މީޑިއާ ކައުންސިލުން ބާއްވާ އިނާމު ދިނުގެ ހަފްލާއަކީ ކޮންމެ އަހަރަކުވެސް ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެގޮތުން ދެމުން އަންނަ އިންނާމެކެވެ.

             

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް