ads
ފުވައްމުލަކުގައި ފުލުހުންނާއަކި ދިމާލަށް ގާއުކަނީ
ފުވައްމުލަކުގައި ފުލުހުންގެ ގަޔަށް ގާ އުކުމުން ފަސް މީހަކު ހައްޔަރުކޮށްފި
ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާއި ދިމާލަށް ގާ އުކައި ހަމަނުޖެހުން ހިންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާ އުކުމުގެ ސަބަބުން ފުލުހުންގެ ފަސް މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. 

ނަމަވެސް, މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއްނުވެއެވެ. 

އެ މީހުން ފުލުހުންނާއި ދިމާލަށް ގާ އުކާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވަން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އާދިއްތަ ދުވަހު ހަވީރު ވެސް ފުވައްމަލުކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. އެގޮތުން, ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ފުލުހުންގެ އަމުަރަށް ނުކިޔަމަންތެރިވުމުން ހައްޔަރު ވެސް ކުރިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް