ads
ކުޅުދުއްފުށި ފިރުދައުސް މިސްކިތް
155 ރަށުގެ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ
155 ރަށެއްގެ މިސްކިތުގައި ހަރުކުރާ ސޯލާ ޕެނަލް ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީފެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ސޯލަރ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާންވެސް ކޮށްފަ އެވެ.،

އެ ސިސްޓަމްތައް ސަޕްލައިކޮށްދިނުމުށް ބާއްވާ ބީލަން ހުޅުވުން އަންނަ މަހު 17 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

އެ މަޝްރޫއުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަ ކުރެއްވީ މިދިޔަ ޖޫން މަހުއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރަން އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުން ތިމާވެށްޓާ ރައްޓެހިކޮށް ތަރައްގީ ވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ، އަޅުގަނޑުމެންގެ އެއް އަމާޒު ކަމަށެވެ. އެގޮތުން، 2030ގެ ނިޔަލަށް ރާއްޖޭގެ އެމިޝަން ނެޓް ޒީރޯ ކުރުމަށް މަސައްކަތް ކުރާނެކަން ވާނީ މުޅި ދުނިޔެއަށް އިޢުލާނުކޮށްފައި ކަމަށާއި އަދި އެ މަގުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ފަށައިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް