ads
ފުވައްމުލަކުގައި ފުލުހުންނާއަކި ދިމާލަށް ގާއުކަނީ
ފުވައްމުލަކު މުޒާހަރާއިން ހައްޔަރުކުރި 2 މީހުން ދޫކޮށްލައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ފުވައްމުލަކުގައި ކުރިއަށް ގެންދަނިކޮށް އިދިކޮޅު ޕީޕީއެމް ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ތިބި ދެ މީހުން ދޫކޮށްލައިފިއެވެ.

ފުވައްމުލަކަށް ރައީސް ވަޑައިގަތުމާއެކު އެ ދުވަހު ހެނދުނު އެ ސިޓީގައި މުޒާހަރާކޮށްފައި ވެއެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ދެ މީހަކު ހައްޔަރުކުރިއެވެ. އެ ދެ މީހުން އެ ދުވަހު ހަވީރު ދޫކޮށްލާފައިވެއެވެ.

ރައީސް ވަޑައިގަތް ދުވަހުގެ ރޭ ޖަލްސާ ކުރިއަށް ދިޔަ ވަގުތުގައި ވެސް އިދިކޮޅުން ނިކުމެ ވަނީ މުޒާހަރާކޮށްފައެވެ.

 އެ ހަމަނުޖެހުން ހިނގާފައި ވަނީ ފުވައްމުލަކުގެ މިސްކިތްމަގު އަވަށުގައި ހުންނަ މައިލޯ ސްޓޭޑިއަމާ ކައިރި ސަރަހައްދުގައެވެ. މި ހަމަނުޖެހުން ފުރަތަމަ ހިނގަން ފެށީ ކެފޭއެއް ކައިރީގައި ތިބި ބަޔަކު ދުރަށް ޖައްސަން ފުލުހުން މަސައްކަތް ފެށުމުންނެވެ. 

އެގޮތުން ފުލުހުން ވަނީ ފަހަތަށް ޖެހުމަށް އަންގައި މާ ބޮޑު އިންޒާރަކާ ނުލައި އެމީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައެވެ. އެއާއެކު، އެއްވެ ތިބި މީހުން ވަދެގެން ގޮސްފައި ވަނީ އެ ސަރަހައްދުގައި ހުރި މޮންޓެ ރޯސާ ކެފޭއަށެވެ.

އެ ކެފޭގައި ތިބި ބަޔަކު ވަނީ ފުލުހުންނާ ދިމާލަށް ގާ އުކައިފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ފުލުހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި އަންހެން ފުލުހަކު ވެސް ހިމެނެއެވެ.

އެ ހަމަނުޖެހުމުގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުރިމަތިލުމުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ނުގެންގޮސް ވަނީ ދޫކޮށްލާފައި ކަމަށެވެ.

އަނެއް ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް