ads
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދު
ރައީސް ނަޝީދާ ގުޅޭގޮތުން ދޮގު ހަބަރެއް ފަތުރައިފި
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ސިޔާސީ ހަޔާތް ނިންމަވާލާނެކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު ހަބަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ގުޅިގެން ނޫންކަމަށެވެ.

"ރައީސް ސާލިހަށް މި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ. މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު،" 'މިހާރު ނޫހުން' ލިޔެފައިވާ ހަބަރު ކުއޯޓު ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޑިމޮކްރެޓްސްއަށް ފޮނުއްވި މެސެޖެއްކަމަށް ބުނާ މެސެޖު މިއަދު ގިނަ ނޫސްތަކެއްގައި ވަނީ ޝާއިއުވެސް ކޮށްފައެވެ.

ޑިމޮކްރެޓްސް އަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްކަމަށް ބުނެ މިއަދު ފަތުރަމުން އަންނަ މެސެޖުގައި ބުނެފައިވަނީ "އަޅުގަނޑު އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަށް. ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް،" ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ހަމަނުޖެހުންތަކުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސްކަމާއި މެންބަރުކަން ދޫކުރައްވައި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް