ads
ނިކީތާ ދަތް
ބޮލީވުޑްގެ ތަރި ނިކީތާ އާއެކު ފޮޓޯނެގުމުގެ ފުރުސަތު ދިވެހިންނަށް
ބޮލީވުޑްގެ ތަރި ނިކީތާ ދަތް އާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
Advertisement

މިގޮތުން އެނާ މާދަމާ ހއ. ދިއްދުއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. 

އޭނާއާއެކު ފޮޓޯ ނަގަން ބޭނުންވާ މީހުން މާދަމާ ހަވީރު 16:10 އަށް ދިއްދޫ ބަނދަރަށް ނުކުތުމަށް ވަނީ އެދިފައެވެ. 

"ފޮޓޯނަގަން ބޭނުންފުޅުވާ ބޭފުޅުން ދެކުނު ސިޑި އަލާފަތި ރެސްޓޯރަންޓު ކައިރިއަށް ވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުވަން،" މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

ނިކިތާ ދައްތް އަކީ ހިންދީ ފިލްމުތަކާއި ޓީވީތަކުގައި މަސައްކަތް ކުރާ މަޝްހޫރު ތަރިއެކެވެ.  އެނާ އުފަންވީ ނޮވެމްބަރު 13، 1990 ގައި އިންޑިއާގެ ދިއްލީ އަށެވެ. އޭނާ އެކްޓިން އަށް ފުރަތަމަ ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ޑްރާމާ "ލެކާ ހަމް ދީވާނާ ދިލް" އިންނެވެ. އެއަށްފަހު ޓީވީ ސީރީޒް ޑްރީމް ގާލް (2015) އާއި އެކް ޑޫޖޭ ކޭ ވާސްޓޭ (2016) އިން ފެނިގެންދިޔައިރު، އެ ސީރީޒްތަކުން އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނިކީތާ އެނބުރި ސިނަމާއަށް އައީ ޕީރިއަޑް ސްޕޯޓްސް ފިލްމު "ގޯލްޑް" އިންނެވެ. އެއަށްފަހު އޭނާ ފެނިގެންދިޔައީ ރޮމޭންޓިކް ޑްރާމާ "ކަބީރު ސިންގް" (2019) އިންނެވެ. 2021 ވަނަ އަހަރު އޭނާ ވަނީ ކްރައިމް ޑްރާމާ "ދަ ބިގް ބުލް" އާއި ސުޕަނެޗުރަލް ހޮރޯ ފިލްމު "ޑައިބުކް" އިން ވެސް ފެނިގެން ގޮސްފަ އެވެ.

ނިކީތާ މިހާރު މަސައްކަތް ކުރަމުން އަންނަނީ 2023 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު ރޮކެޓް ގޭންގްގެ ޓީވީ ސީރީޒް "މާސްޓް ނަޒްރޯން ސޭ" ގައެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް