
ރޮނާލްޑޯ
ރޮނާލްޑޯގެ އާ ރެކޯޑެއް، މި ފަހަރު ބޮލުގެ ރެކޯޑެއް
ސްޕޯޓްސް ޓީމް
01 އޯގަސްޓް 2023 - 18:23:25
ބޮލުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހަދައިފިއެވެ.
އެންމެ ގިނަ ލަނޑު، ބޮލުން ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހެދީ، ކިންގް ސަލްމާން ކްލަބު ކަޕުގައި ރޭ ބޮލުން ޖެހި ލަނޑާއެކުއެވެ. ރޭ ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާގެ ކެރިއަރުގައި ބޮލުން ޖެހި 145 ވަނަ ލަނޑެވެ. މި ރެކޯޑް ކުރިން ރޮނާލްޑޯއާއެކު ހިއްސާކުރީ ގާޑް މުލާއެވެ.
ރޭ ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާގެ ކެރިއަރުގައި ޖެހި 839 ވަނަ ލަނޑެވެެ. އަދި ރޭގެ ލަނޑަކީ މި ސީޒަންގައި އޭނާގެ ފުރަތަމަ ލަނޑެވެ. އެއާއެކު ވޭތިވެދިޔަ 22 ސީޒަންގައިވެސް ރޮނާލްޑޯ ލަނޑު ޖެހީއެވެ.
ރޭ ރޮނާލްޑޯ ބޮލުން ޖެހި ލަނޑާއެކު އޭނާގެ ކްލަބު އަލްނަސްރު މެޗުން މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.
83%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް