ads
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި އެވެ.
Advertisement

މިއީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށް ވެސް ހިދުމަތް ލިބޭނެ އެވެ.

ހެންވޭރު ލިލީމަގުގައި ހުންނަ މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. މެޓަބޮލިކް ސެންޓަރުން މެޓަބޮލިކް ޑިސްއޯޑާއެއް މިސާލަކަށް ހަކުރުބަލި، ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރާނެ އެވެ.

މި ސެންޓަރުން ރާއްޖެއިން އާންމުކޮށް ފެންނަ ހައިޕަޓެންޝަން، އޮބެސިޓީ، ޑައިބެޓީސް، ޕީސީއޯއެސް އަދި ޑިސްލިޕިޑެމިއާ ފަދަ މެޓަބޮލިކް ބަލިތަކަށް ފަރުވާ ދޭނެ އެވެ. އެގޮތުން އެކަމަށްޓަކައި ޚާއްސަ ލެބޯޓްރީއާއި ޑައިގްނޯސްޓިކް އިކުއިޕްމަންޓްތައް މި ސެންޓަރުގައި ވަނީ ގާއިމުކޮށްފަ އެވެ.

އެ ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓާސް ސިސްޓަމްސް (ސީޖީއެމްއެސް)ގެ ހިދުމަތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ވަނީ ތައާރަފު ކޮށް ފައެވެ.

މިއީ ހަށިގަނޑުގައި މޮނީޓަރެއް ތަތްކޮށްގެން ދޭ ހިދުމަތެކެވެ. މި ސެންޓަރާއިއެކު ވަނީ ޕޭޝަންޓް އެޑިއުކޭޝަން ގައިޑަކާއި އަދި ޑައިބެޓިކް އެޑިއުކޭޝަންއެއްވެސް ތައާރަފްކޮށްފަ އެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް