ads
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރެވޭ މަސްތުވާތަކެއްޗާއި، ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު ނަސީމް ވާހަކަފުޅު ދައްކަވަނީ ...
މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން މަސްތުން ސަލާމަތް ކޮށްދެވޭނެ: މިނިސްޓަރު ނަސީމް
މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންގެ ފަރުވާ އަވަސްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހިހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ މަސްތުވާތަކެއްޗާއި، ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީމް ފާހަގަކުރެއްވީ މި ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތެރޭ ސިއްހީ ހިދުމަތްދޭ ތަންތަނުން ވީހާވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.

މިހާރު އެމަސައްކަތް ފެށިފައިވާ ކަމަށާއި، އެގޮތުން ކުޅުދުއްފުށީގައި އެ މަސައްކަތް ތަޖުރިބާ ކުރެވިއްޖެ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ. ދެން އޮތީ ވަކި ރަށެއް ތަފާތު ނުކޮށް މަސައްކަތް ކުރުން ކަމުގަވެސް ނަސީމް ވިދާޅުވެފައިވެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ އަށް މިއަދު މިދެކޭ ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިއްޖެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ކުރިއަށް ކުރަންހުރި ކަންކަން ދެނެގަނެވިއްޖެ. މިހާރު ކުރިއަށް މިދަނީ، ތަންފީޒީ މަރުހަލާ. އުއްމީދުން ފުރިގެންވާ ދުވަސްތައް އަޅުގަނޑުމެނާއި އަރާ ހަމަކުރާ ވަގުތު މާތް ﷲ ގެ އިރާދަ ފުޅާއެއެކު ވަރަށް ގާތްވެއްޖެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެތައް ބައިވަރު ދިރާސާތަކަކާއި، އިދާރީ ތަރުތީބެއްގެ ތެރެއިން އެކުލަވާލެވުނު މިނެކިރޭނެ އުޞޫލްތަކުގެ ސަބަބުން އެން.ޑީ.އޭގެ ހިންގުން ހަރުދަނާވެ، ބޭކާރު ޚަރަދުތައް ކުޑަކުރެވި، ފުރިހަމަ މަސައްކަތެއް ކުރެވޭނެ ގޮތްތަކަށް ބަދަލުކުރެވިއފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް