
ދިރާގުން ބުނީ މި އޮފާގެ ދަށުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް މި ބޫސްޓާ އެކްޓިވޭޓް ކޮށްލައިގެން އެފަރާތްތަކުގެ ހުރިހާ ޑޭޓާ ބޭނުންތައް ފުއްދާލެވޭނެ ކަމަށެވެ. ކޮންމެ ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖެއްގެ ކަސްޓަމަރުންނަށްވެސް މި ބޫސްޓަ ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ހާއްސަ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/459NMK9
އޭގެ އިތުރުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް އާ ލިމިޓެޑް ޓައިމް އޮފާއެއް ތައާރަފުކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި މި އެޑް-އޮން އާއެކު ކަސްޓަމަރުންނަށް އެންމެ 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެ ކަމުގައެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮއަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.