ads
ރާއްޖޭގެ ރަށެއް (ފޭސްބުކް ފޮޓޯ)
ބޭންކާ ދެކޮޅަށް ދައުވާކުރި ދިވެއްސަކަށް ބޮނޑިއެއް ލިބިއްޖެ
ދެކުނުގެ ރަށެއްގެ ފިރިހެނަކު، ރާއްޖޭގައި ހިންގާ ބޭންކަކާ ދެކޮޅަށް، ބޭންކުން ފައިސާ ހޯދަން ދައުވާ ކުރި މައްސަލައެއްގައި ނިމުނު އިރު ބޭންކަށް ފައިސާ ދައްކަން ޖެހިއްޖެއެވެ.

މި މައްސަލައަކީ މި އަހަރުގެ ކުރީކޮޅު ދައުވާ ކުރި މީހާގެ އެކައުންޓަށް ކާކުކަން ނޭގޭ މީހަކު ޖަމާކުރި 1285 ރުފިޔާ އާއި، އަދި ދައުވާ ކުރި ފަރާތުގެ 1285 ރުފިޔާ ބޭންކުން ނަގާފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ދައުވާ ކުރި މައްސަލައެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ބޭންކާ ދެކޮޅަށް ދައުވާ ކުރުމަށް ފަހު، ފަހުން އެ ދައުވާ އަނބުރާ ގެންދަން އޭނާ ބޭނުންވިއެވެ. 

ދައުވާ އަނބުރާ ގެންދަން ބޭނުންވުމުން، ބޭންކުންވަނީ ޝަރީއަތުގެ ހަރަދު ދައުވާ ކުރި މީހާގެ އަތުން ނަގައިދިނުމަށް އެދިފައެވެ. އަދި އެ ގޮތުގެ މަތިން މައްސަލަ ނިމުނު އިރު ހުކުމްކޮށްފައިވަނީ ދައުވާ ކުރި ފިރިހެން މީހާ ބޭންކަށް 2000 ރުފިޔާ ދައްކަން ޖެހިގެންނެވެ. 

ދައުވާ ކުރި މީހާ، ދައުވާ އަނބުރާ ގެންދަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. މިއީ ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ޖުލައި މަހު ފަހު ހަތްފާގައި ކުރި ހުކުމެވެ. 

65%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް