ads
ފަސްޓްލޭޑީ ފަޒްނާ
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު އިތުރު ކުރުމުގެ ހަރަކާތެއް
ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަޢުލޫމާތު އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
Advertisement

ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި ދާއިރާގެ ފަންނީ މައުލޫމާތު އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ހަރަކާތަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި ދާއިރާގެ ފަންނީ މަޢުލޫމާތު އިތުރު ކުރުމާއިއެކު މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ އިތުރުން ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތްއާއި ގުޅިގެން ކަމަށްވެސް ޖެންޑާމިނިސްޓްރީން ވަނީ ބުނެފައެވެ.

your imageނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި ދާއިރާގެ ފަންނީ މަޢުލޫމާތު އިތުރު ކުރުމާ ގުޅޭ ގޮތުން ބޭއްވި ހަރަކާތް 

އެބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ އޮޑިޓޯރިއަމްގައި އަންގާރަ ދުވަހު ހެނދުނު 09:15 އިން 10:30 އަށެވެ. އެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެކަމަނާގެ އަރިހުގައި މިނިސްޓާ، ޢާއިޝަތު މުހައްމަދުދީދީ އާއި ދައުލަތުގެ އިދާރާތަކުން އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ. ހަމައެއާއިއެކު، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އެކިއެކި އިދާރާތަކުގެ އިތުރުން އާންމު ފަރާތްތަށް ހިމެނޭހެން މުޅި ޖުމްލަ 150 އަށް ވުރެ ގިނަ ފަރާތުން މި ލެކްޗާ ގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެ ބައްދަލުވުމުގައި މައިގަޑު ގޮތެއް ދެއްކިފައިވަނީ ޒަމާނީ ޓެކްނޮލޮޖީއަށް އައި ތަރައްޤީއާއިއެކު ފުރާވަރު އުމުރު ފުރައިގެ ކުދިންގެ ނަފްސާނީ ހާލަތު އިތުރު ނާޒުކު ޙާލަތަކަށް ހުށަހެޅިފައިވާ މިންވަރަށެވެ.

އަދި ފުރާވަރު ޢުމުރު ފުރައިގެ ކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމުގެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު ލިބިދިނުމުގައި މައިންބަފައިންނާއި ކުދިންނާއިއެކު އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް