ads
ސައުތު އެފްރިކާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޖީގެ ދެވަނާގައި
ސައުތު އެފްރިކާގެ ފުރަތަމަ މޮޅާއެކު ދެވަނަ ބުރަށް
އަންހެނުންގެ ފީފާ ވޯލްޑް ކަޕްގައި ސައުތު އެފްރިކާއިން ހޯދި ފުރަތަމަ މޮޅާއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ އެޓީމުން ކަށަވަރު ކޮށްފިއެވެ.
Advertisement

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީގެ މައްޗަށް ސައުތު އެފްރިކާ ޓީމުން ކުރިހޯދީ 3-2 ންނެވެ. މިއީ އަންހެނުންގެ ވޯލްޑް ކަޕެއްގައި އެޓީމުން މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. ސައުތު އެފްރިކާގެ އަންހެން ޓީމުން އެންމެ ފުރަތަމަ އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރީ 2019 ވަނަ އަހަރުއެވެ. 

ސައުތު އެފްރިކާ އަތުން ބަލިވުމާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުން އެއްވަރު ކޮށްގެންވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިޓަލީއަށް އޮތެވެ. 

މުބާރާތުގެ ދެވަނަ ބުރުގައި ސައުތު އެފްރިކާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އީގެ އެއްވަނަ ނެދަލެންޑްސްއާއެވެ. 

ސައުތު އެފްރިކާގެ އިތުރުން ގްރޫޕް ޖީއިން ދެވަނަ ބުރަށް ދަތުރުކުރީ ސްވިޑެންއެވެ. ސްވިޑެން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ސައުތު އެފްރިކާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެވަނާގައި ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ސައުތު އެފްރިކާ އަތުން ބަލިވި އިޓަލީ މުބާރާތް ނިންމާލަން ޖެހުނީ ތިން ޕޮއިންޓާއެކުއެވެ. އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ އާޖެންޓީނާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް