ads
އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް އެސްޓީއޯއިން ފެށުން: ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނިޔަލަށް - ފޮޓޯ:އެސްޓީއޯ
އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި
އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.
Advertisement

އެސްޓީއޯއިން ބުނީ އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް" ގެ އުފެއްދުމެއް ކަމަށެވެ. އެ ކުންފުންޏަކީ މެދުއިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނެފައިވަނީ އަލް ނޫރު ހިކިކިރުގެ 800 ގުރާމާއި 1،800 ގުރާމުގެ އިތުރުން 2،250 ގުރާމުގެ ޕެކެޓު އެ ކުންފުނިން ވިއްކަމުން އަންނަ ކަމަށެވެ.

އަލް ނޫރު ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ކޮށްގެން ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގެ ތެރެއިން:

  • ރީޓެއިލް ކަސްޓަމަރުންނަށް އަލް ނޫރު ހިކިކިރު ޕެކެޓަކާ އެކު، އަލް ނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ.
  • ހޯލްސޭލް ކަސްޓަމަރުންނަށް 1،800 ގުރާމުގެ ތިން ކޭސް ގަތުމުން 'ސުޕަޝެފް' މެޔޮނައިސް ކޭހެއް ލިބޭނެ.
  • ހޯލްސޭލް ކަސްޓަމަރުންނަށް 2،250 ގުރާމުގެ ތިން ކޭސް ގަތުމުން 'ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް' ކޭހެއް ލިބޭނެ. އޭގެ އިތުރުން ހޯލްސޭލް ކަސްޓަމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެން ދާނެ.
  • މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5،000 ރުފިޔާގެ މުދާ ލިބިގެން ދާނެ.

މި ޕްރޮމޯޝަން އެސްޓީއޯގެ ރީޖަނަލްސް ފިހާރަތަކުގައިވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އަލް ނޫރު ހިކިކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑް ކަމުގައެވެ. އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް ވީހާވެސް އަގުހެޔޮކޮށް، ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް