ads
ހަވާ
މިރޭ 'މިނިވަން އުފާ' ކާނިވަލުގައި ހަވާ އަރުވާނެ
މިރޭ "މިނިވަން އުފާ" ކާނިވަލުގައި ހަވާ އަރުވާނެކަމަށް އާބަން ކޯ އިން ބުނެފިއެވެ.

މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި 9:00 ގައެވެ. 

މިރެއަކީ ކާނިވަލުގެ އެންމެ ފަހުރެއެވެ. ކާނިވާ ފެށީ މި ނިމުނު ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. 

ކާނުވާ ފެށުމުގެ ގޮތުން ވެސް ވަނީ 8 މިނެޓަށް ހަވާއަރުވާފައެވެ. 

މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކާނިވަލަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި އުރީދޫގެ އިތުރުން އެސްޓީއޯއާ ސްޓެލްކޯއާ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް