ads
ނާޒިމް އާއި ޝިހާބު ޖޭޕީއަށް ސޮއި ކުރައްވަނީ
ނާޒިމް އާއި ޝިހާބު ޖޭޕީއަށް ސޮއި ކުރައްވައިފި
ރައީސް އޮފީހުގެ ކުރީގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފިއެވެ

މި ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރައްވާފައި ވަނީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ. ދެ ބޭފުޅުން ސޮއި ކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެވެ.

ގާސިމް ވިދާޅުވީ، މި ދެ ބޭފުޅުން ޖޭޕީއާއި ގުޅިވަޑައިގަތުމުން ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މިދިޔަ މާޗް މަހު، "ފިކުރެއްގެ ދިރުން" ނަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތެއް ހިންގެވި ދުވަސްކޮޅުގައި ޝިހާބާއި ނަޝީދުގެ އަރިސް ބޭފުޅުންގެ ޓީމެއް ސަން އައިލެންޑަށް ވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވިއެވެ.

ސޮއިކުރެއްވުމަށް ފަހު ޝިހާބު ވިދާޅުވީ މައިގަނޑު މަސައްކަތަކަށް ވާނީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަށް ރާއްޖޭގެ ރައީސަކަށް ވުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވީ ގައުމު ރަނގަޅު މަގަކަށް ގެންދަން އަދި އެއްފަހަރު މަސައްކަތް ކުރަން ޖެހޭ ކަަމަށާއި ގައުމުގެ މިސްރާބު ބަދަލުކުރުމުގެ ބާރު ޖޭޕީގައި އެބައޮތް ކަމަށެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް