ads
ޖަރުމަނު ކެޓީ ސައުތު ކޮރެއާ މެޗުން އެއްވަރުވުމުން
ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިފި
އަންހެނުންގެ ވޯލްޑް ކަޕް ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އަންހެނުންގެ ވޯލްޑް ކަޕް ތަށި ދެފަހަރު އުފުލާލާފައިވާ ޖަރުމަނު ދެވަނަ ބުރުން ޖާގަ ނުލިބި މުބާރާތް ނިންމާލަން ޖެހުނީ ސައުތު ކޮރެއާ އާއި ބައްދަލުކުރި މެޗުން އެއްވަރުވުމުންނެވެ. މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނު ވަނީ 6-0 ން މޮރޯކޯ ބަލިކޮށްފައެވެ. މިފަހަރުގެ އަންހެނުންގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޖަރުމުނަ ކުޅުނު ދެވަނަ މެޗުގައި 2-1 ން ކޮލަމްބިއާ އަތުން ބަލިވީއެވެ. 

ޖަރުމަނު ކެޓީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އެޗްގެ ތިންވަނާގައެވެ. ޖަރުމަނު މެޗު އެއްވަރުކުރި ސައުތު ކޮރެއާ މުބާރާތް ނިންމާލަން ޖެހުނީ ޖަރުމަނު އަތުން އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. 

މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ ކޮލަމްބިއާ އާއި މޮރޯކޯއެވެ. ދެޓީމުވެސް ހަ ޕޮއިންޓު ހޯދިއިރު، ކޮލަމްބިއާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް