ads
ރައީސް އަބްދުﷲ ޔާމިން
އޭސީޕީ ރިޔާޒާއި ކްރިކް ރިޒާގެ އޯޑިއޯ ވާނީ ހެއްކެއް ގޮތަށް ހުށަހަޅާފަ: ޔާމިން
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ފްރޭމްކޮށްފައިވާކަން ސާބިތުކުރަން، ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އަހުމަދު ކްރިކް ރިޒާގެ އޯޑިއޯ ހުށަހަޅާފައިވާނެކަމަށް އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު މިކަން ހާމަކުރެއްވީ  ސުޕްރީމް ކޯޓުގައި ރައީސް ޔާމިންގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި، އެމަނިކިފާނުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. 

އީސީއާ ދެކޮޅަށް ރައީސް ޔާމިން މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނުގެ ކެނޑިޑަސީ ގަބޫލުނުކުރަން ނިންމުމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ފްރޭމްކޮށްފައިވާކަމަށް ބެލެވޭ ހެކިތައް މިހާރު އެމަނިކުފާނަށް ލިބިލައްވާފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގެ އަޑުއެހުންތަކާމެދު ހިތްހަމުޖެހުން ފާޅުކުރައްވައި ރައީސް ޔާމިން މިއަދުވިދާޅުވީ ކްރިކް ރިޒާގެ ދައުވާތައް ވެސް މިހާރު ދައުލަތުން އަނބުރާ ގެންގޮސްފައިވާކަމަށެވެ.   

"މިއީ އަޅުގަނޑުމެންއަތުގަ ހުރި ހެކި. އަޅުގަނޑަށް ކޮށްފައޮތް ޗާޖު ޓްރަމްޕަޕްކުރުމަށްޓަކައި އެއޮތީ އޯޑިއޯ ވީޑިއޯ އެވިޑެންސް އެއޮތީ ހުށަހަޅާފަ. ތަހުގީގުކުރި އެންމެ އިސްފަރާތް ފުލުސް އޭސީޕީ މުހައްމަދު ރިޔާޒު މި މައްސަލަ ރައްދުވާ އަޅުގަނޑަށް ރިޝްވަތު ނަގައިދިން ކަމަށް ބުނާ މީހާ ކްރިކް އަހުމަދު ރިޒާއާ ދައްކާފަ ހުރި ވާހަކަ. ވިޔަފާރީގެ ޑީލެއް ނޫންހޭ؟ ކަލޭ ރައީސް ޔާމިން އާ ދެކޮޅަށް މި ބަޔާން ދޭށޭ. ބަޔާން ދިނީމަ ކަލޭއަށް ލުއިގޮތް ހަދައިދޭނަމޭ. އަޅުގަނޑުމެން އެވިޑެންސް ގޮތައް އެ އޮތީ ވައްދާފަ،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދަޅުވީ މާލީ ބަޔާންވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާނެކަމަށެވެ. އަދި އެ ބަޔާނުންވެސް އެ ބޭފުޅާގެ އެކައުންޓުގައި ދެ މިލިއަން ޑޮލަރަށްވުރެ ގިނަ ދިވެހި ރުފިޔާ އެމަނިކުފާނުގެ އެކައުންޓުގައި ހުރިކަން އެނގޭކަމަށެވެ. 

ރައީސް ޔާމިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުގެ މަރުހަލާ ނުފަށައި ލަސްވާ މައްސަލައިގައި ވެސް ސުވާލު އުފައްދަވާފައެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް