އެމްޓީސީސީން ބުނީ ރާޅުގަނޑާއި ބްރިޖް ސަރަހައްދަށް އުދައެރުމާ ގުޅިގެން ބައެއް މަގުތަކުގައި ބަސްތަކަށް ދަތުރުކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން ކާނިވާ ރޫޓުގެ (R2 އަދި R8) ބަހުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކާނިވާ ރޫަޓުގެ ބަހުގެ ހިދުމަތް މެދުކަނޑާލާފައި ވީނަމަވެސް ވެސްޓްޕާކް ރޫޓުގެ (R1 އަދި R7) ބަސް ދަތުރުތަކާއި އެއާޕޯޓް ރޫޓުގެ (R3 އާއި R4 އަދި R9) ބަސް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.